Expiry Date:

31 December 2023

Attached Documents

129943 70.37 KB
129942 381 KB

Kalaaseen Scholarship Program

17 May 2013

މިކުންފުނީގެ ސްކޮލަރޝިޕް ޕްރޮގްރާމް "ކަލާސީން" ގެ ދަށުން 2023 ވަނަ އަހަރުގައި ދިވެހި ރާއްޖެއިން ބޭރުގައި ދިވެހިން މެރިޓައިމް ދާއިރާއަށް ތަމްެރީނުކުރުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕްގެ ފުރުޞަތުތައް ތިރީގައި ދެންނެވީމެވެ.
1. ކޯހުގެ ނަން:  ނެވިގޭޝަން އޮފިސަރ ކެޑޭޓް ޓްރެއިނިންގް ކޯސް
އަދަދު:         02
މުއްދަތު:        36 މަސް
ޝަރުތު:        އޭލެވެލް 2 މާއްދާ (ފިޒިކްސް މާއްދާއާއެކު) ފާސްވެފައިވުން
             އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ ފަރާތަކަށްވުން
ބޮންޑު:         ކޯސް ފުރިހަމަކުރުމާއިއެކު އެމްއެސްއެސްގައި 18 މަސް ދުވަހުގެ ބޮންޑެއް
 
2. ކޯހުގެ ނަން:  އިންޖީން އޮފިސަރ ކެޑޭޓް ޓްރެއިނިންގް ކޯސް
އަދަދު:         02
މުއްދަތު:        36 މަސް
ޝަރުތު:        އޭލެވެލް 2 މާއްދާ (ފިޒިކްސް މާއްދާއާއެކު) ފާސްވެފައިވުން
             އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ ފަރާތަކަށްވުން
ބޮންޑު:         ކޯސް ފުރިހަމަކުރުމާއިއެކު އެމްއެސްއެސްގައި 18 މަސް ދުވަހުގެ ބޮންޑެއް
 
 
3. ކޯހުގެ ނަން:  ރީފަރ ޓެކްނީޝަން
އަދަދު:         02
މުއްދަތު:        12 މަސް
ޝަރުތު:        އޯލެވެލް 3 މާއްދާ (ފިޒިކްސް މާއްދާއާއެކު) ފާސްވެފައިވުން
             އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ފަރާތަކަށްވުން
ބޮންޑު:         ކޯސް ފުރިހަމަކުރުމާއިއެކު އެމްއެސްއެސްގައި 12 މަސް ދުވަހުގެ ބޮންޑެއް
 
ވީމާ، މިކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިކުންފުނީގެ އީމެއިލް info@stateshipping.mv  އަށް 31 ޑިސެންބާރ 2023 ގެ 14:00 ގެ ކުރިން ފޮނުއްވައިދެއްވުން އެދެމެވެ. މި ޕްރޮގްރާމާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގައި ހެނދުނު 09:00 – 12:00 އާއި މެންދުރު 14:00 – 16:00 އާއި ދެމެދުގައި މިކުންފުނީގެ ނަންބަރު 3029200 އަށެވެ.