Expiry Date:

09 January 2022

Reference No.:

MSS/ANN/2022/001

Auctioning Tween Deck Pontoon:

02 January 2022

މިކުންފުނީގެ އޮޕަރޭޝަނަށް އަލަށް ގަނެފައިވާ ބޯޓު " MV. MSS GALENA" ، ގައި ހުރި ޕޮންޓޫން (Tween Deck Pontoon) ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ތިރީގައި މިތަކެތީގެ މަޢުލޫމާތު ދެންނެވީމެވެ.
ޕޮންޓޫން (Tween Deck Pontoon)  ބާވަތް
17 :އަދަދު
5.4 މީޓަރ ފުޅާމިން
 13.15 މީޓަރު ދިގުމިން
0.66 މީޓަރު އުސްމިން
20.5 މެޓްރިކް ޓަން ބަރުދަން
މަޢުލޫމާތު ސާފުކުރެއްވުމާއި ތަކެތި ބައްލަވާ ލެއްވުން
ނީލަމުގައި ޕޮންޓޫންތައް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި ޕޮންޓޫން ބައްލަވާ ލެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދުނޫން ދުވަސްތަކުގައި ހެނދުނު 09:00 – 12:00 އާއި މެންދުރު 14:00 – 16:00 އާއި ދެމެދުގައި މިކުންފުނީގެ ނަންބަރު 3029200 އަށެވެ.
މަތީގައި ދެންނެވުނު ޕޮންޓޫންތައް އޮންނާނީ ހުޅުމާލޭގައި އެސްޓީއޯއިން އިމާރާތް ކުރަން ފަށާފައިވާ ހޮޓެލްގެ ކައިރީގައެވެ. މި ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް، ނީލަން ކާމިޔާބުވިކަން ރަސްމީކޮށް އެންގުމުން، ޕޮންޓޫންތައް ހުރި ސައިޓުން 14 ދުވަހުގެ ތެރޭގައި ހުސްކުރަންވާނެއެވެ.
 
އަގު ހުށަހެޅުން
މި ނީލަން ފެށޭ އަގަކީ ޓަނަކަށް$225.00  (ދުއިސައްތަ ފަންސަވީސް ޑޮލަރު) އެވެ. މިޕޮންޓޫންތައް ނީލަމުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގުހުށަހަޅުއްވާނީ ސިޓީއަކުން، 09 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އަށް އެމްއެސްއެސްގެ އޮފީހަށެެވެ.  އަގުހުށަހަޅުއްވާ ސިޓީތައް ކަޑާ އަގު އިޢުލާންކުރާނީ އެދުވަހެއްގައި ސިޓީ ހުށަހަޅުއްވާފަރާތްތަކުގެ ޙާޟިރުގައި ކޮންމެދުވަހެއްގެ 10:35 ގައެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.